ފައިޞަލަށް ތާއީދު ނުކުރައްވާ ކަމަށް ޤާސިމް ވިދާޅުވެފައެއް ނުވޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ފައިޞަލަށް ތާއީދު ނުކުރައްވާ ކަމަށް ޤާސިމް ވިދާޅުވެފައެއް ނުވޭ
ނައިބް ރައީސަކަށް މެންބަރަކު އިންތިޚާބު ކުރުމުގެ ކަންކަން ޖުމްހޫރީ ޕާޓީން ކުރިއަށް ގެންދިއައިރު ފައިޞަލް ނަސީމަށް ތާއީދު ނުކުރައްވާ ކަމަށް ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ވިދާޅުވެފައެއް ނުވެއެވެ.

ޤާސިމް ހަމައެކަނި ވިދާޅުވީ ފައިޞަލަށް ކުރެއްވި ތާއީދު އަނބުރައި ގެންދެވީ ކަމަށެވެ. އެގޮތަށް ވިދާޅުވީ ކުރިމަތިލި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމުން އެކަމަކީ އެރޭ ބާއްވަން ހަމަޖެހިފައި އޮތް އިންތިޚާބަށް ނުފޫޒު ފޯރުއްވުމުގެ ކަމަކަށް ވެދާނެ ކަމަށްޓަކައެވެ.

ފައިޞަލް އަށް ތާއީދުކުރައްވަވާކަމަށް ޤާސިމް އިބްރާހީމް ވިދާޅުވީ ފައިޞަލްގެ ސިޔާސީ ތަޖުރިބާ އާއި އިޚްލާޞްތެރިކަމަށް ބައްލަވައެވެ. އަދި އިޖުތިމާޢީ ޚިދުމަތްކުރެއްވުމުގައި ފައިޞަލަކީ އަބަދުވެސް އެންމެ ކުރީ ސަފުގައި ހުންނަވައި މުޖުތަމައުއަށް އިޚްލާޞްތެރިކަމާއިއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާތީއެވެ. ހަމައެއާއިއެކު ފައިޞަލަކީ ޖޭޕީ އުފެދުނީންސުރެ ދެގޮތެއް ނުވެ ޕާޓީގައި ދެމިހުންނެވި ބޭފުޅަކަށްވާތީއެވެ.

އެފަދަ ހުރިހާ ސަބަބުތަކެއް ހުރި ނަމަވެސް ތާއީދު އަނބުރައި ގެންދެވީ ކުރިމަތިލެއްވި 4 މެންބަރުންނަށް ހަމަހަމަ ފުރުޞަތުތައް ދެއްވުމުގެ ގޮތުންނެވެ. ނަމަވެސް މިކަންކަން އޮޅޭގޮތަށް، އެމަނިކުފާނަށް ފައިދާ ބޮޑުވާ ގޮތަށް ރައީސް ޔާމީން ރޭ ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ޔާމީން ވިދާޅުވީ "ޤާސިމް ވަނީ ފައިޞަލަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާފަ" ކަމަށެވެ.





މިއަދު އޮންލައިން