އެޗްޑީސީގެ ތަކެތި ބޭނުންކޮށްގެން ޕީޕީއެމުން ބާއްވާ ޖަލްސާގައިވެސް ދައްކާނީ އިސްލާމް ދީން މަތިވެރިކުރާ ވާހަކަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އެޗްޑީސީގެ ތަކެތި ބޭނުންކޮށްގެން ޕީޕީއެމުން ބާއްވާ ޖަލްސާގައިވެސް ދައްކާނީ އިސްލާމް ދީން މަތިވެރިކުރާ ވާހަކަ؟
ޕީޕީއެމްގެ ޖަލްސާއެއް މިރޭ ހުޅުމާލޭގައި ބާއްވަން ތައްޔާރުވަމުން އަންނައިރު ތަން ތައްޔާރުކުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ އެޗްޑީސީގެ މުވައްޒިފުން ބައިވެރިވެ ދަނީ މަސައްކަތްތައް ކުރަމުންނެވެ.

މީގެ އިތުރުން އެޗްޑީސީގެ ވަސީލަތްތައް ބޭނުންކުރާ ކަމަށް މަންޒަރު ބަލަމުންދާ ގިނަ ބައަކު އެބަ ބުނެއެވެ.

ހުޅުމާލޭގައި ދިރިއުޅޭ މީހަކު ބުނީ މިރޭގެ ޖަލްސާގައިވެސް އެންމެ ގިނައިން ދައްކާނެ ވާހަކައެއް ކަމަށް ބެލެވެނީ ޕީޕީއެމްގެ އެހެން ޖަލްސާތައް ފަދައިން ރައީސް ޔާމީނާއި ނުލައި ރާއްޖޭގައި އިސްލާމް ދީން ނުއޮންނާނެ ވާހަކައެވެ. އިސްލާމް ދީން މަތިވެރިކުރެއްވޭނީ ރައީސް ޔާމީނަށް ކަމުގެ ވާހަކައެވެ.

"އެހެންވީމާ މިއުފެދޭ ސުވުވާލުތަކަކީ އެޗްޑީސީއަކީ ޕީޕީއެމްގެ ތަރިކައެއްތޯ؟ ނޫނީ އެޗްޑީސީ އިން ބޭނުންކުރާ ހައްޖު ކޯޕޮރޭޝަނުގެ ފައިސާއަކީ ޕީޕީއެމްގެ ފައިސާތޯ؟ ޕީޕީއެމްގެ ބޭނުންތަކަށް އެޗްޑީސީގެ ވަސީލަތާއި މުވައްޒިފުން ބޭނުންކުރީމާ އެ ކުންފުންޏަށް ލިބޭ ފައިދާ އިތުރުވެ ހައްޖުވެރިންނަށް ޙައްޖަށް ދެވޭ އަގު ހެޔޮވާނެތޯ؟ އިސްލާމް ދީން މަތިވެރިވަނީ ފަރުދީ ބޭނުމަކު ރައްޔިތުންގެ ފައިސާ ގިނައިން ޚަރަދުކުރި ވަރަކުންތޯ؟" ވެސް ބައެއް މީހުން ވަނީ ސުވާލުކޮށްފައެވެ.
މިއަދު އޮންލައިން