އިދިކޮޅު ކޯލިޝަނުން މިރޭ އަލިމަސް ކާނިވަލުގައި ބާއްވާ ޖަލްސާއަކީ މިހައިިތަނަށް ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ޖަލްސާއަށް ވާނެ ކަމަށް ކޯލިޝަނުގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.
މިރޭގެ ޖަލްސާގައި ބައިވެރިވުމަށް މާލެ ކައިރީީ ބައެއް ރަށްރަށުންވެސް ދަނީ މީހުން އަންނަމުންނެވެ. މާފުށިން އަންނަ ރައްޔިތުންގެ އިތުރުން ލަންކާގައި ތިބި އެރަށުގެ 380 މީހަކު މިރޭގެ ޖަލްސާގައި ބައިވެރިވުމަށް އައިސްފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
"އަހަރެމެން ފްލައިޓު ޗާޓަރުކޮށްގެން އައްޑޫ އާ ފުވައް މުލަކުން ސަޕޯޓަރުންނެއް ނުގެންނަން. އެހައި ފައިސާއެއް އަހަރެމެން އަތަކު ނެތް. މިރޭގެ ޖަލްސާއަށް ކައިރީ ރަށްރަށުން މީހުން އެ އަންނަނީ ހަމަ އެމީހުން އަމިއްލައަށް. ޖަލްސާގައި ބައިވެރިވާން ބޭނުންވެގެން. 3 އަހަރަށް ފަހު މިފަދަ ބައްދަލުވުމެއް މާލޭގައި ބާއްވާތީ ސަޕޯޓަރުން އެ އަންނަނީ."
ޖަލްސާ ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް މިއަދު ހަވީރުން ފަށައިގެން އަލިމަސް ކާނިވަލުގައި ދަނީ ވަމުންނެވެ.