ކޯލިޝަނުގެ ސަޕޯޓަރުން ހަވީރު ބުނި ގޮތަށް ރައީސް ޔާމީނާ ސަޕޯޓަރުން ސިއްސުވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކޯލިޝަނުގެ ސަޕޯޓަރުން ހަވީރު ބުނި ގޮތަށް ރައީސް ޔާމީނާ ސަޕޯޓަރުން ސިއްސުވާލައިފި
ކޯލިޝަނުގެ ސަޕޯޓަރުން ހަވީރު ބުނި ގޮތަށް ރައީސް ޔާމީނާ އެމަނިކުފާނުގެ ސަޕޯޓަރުން ސިއްސުވާލައިފިއެވެ. ހުޅުމާލޭ ބަސް ދަތުރުތައް މެދުކަނޑައިލުމާއިއެކުވެސް އަލިމަސް ކާނިވާ ސަރަހައްދާއި ސަރުހައްދުގައި ހުރި އިމާރާތްތަކާއި ގަސްތައްވެސް ފުރާލީ ސަޕޯޓަރުން އެއްވެގެންނެވެ.

ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވީ އެތައް ހާސް ބައަކު އެއްވެ މުޅި ސަރަހައްދު ފުރާލާފައިވީނަމަވެސް މަޖުބޫރުކުރުވައިގެން ބިރު ދައްކައިގެން ގެނެސްފައިވާ ހަމަ އެކަކުވެސް ނުހުންނާނެ ކަމަށެވެ.



އިބޫތުގެ ތަރުޖަމާނު މާރިޔާ ވިދާޅުވީ މާލޭގައި ކުލައެއް ދިދައެއް ނެތޭ ބުނެ ކޯލިޝަނުގެ ކޮމިޓީތަކުން ކޮންމެ ދުވަހަކު ޝަކުވާކުރާ ކަމަށެވެ. "އަޅުގަނޑު ދަންނަވަން މާލޭގަ މީހުން އެބަތިއްބޭ އެމީހުންގެ ތާއީދު އެބައޮތޭ. އެތަން މިރޭ ފެނިގެން މިދަނީ."



މާރިޔާ ވިދާޅުވީ މާލެއާއި މާލޭގެ ބިންތައް ރައީސް ޔާމީން ގެންގުޅުއްވަނީ އެމަނިކުފާނުގެ އަމިއްލަފުޅު މިލްކަކަށް ހައްދަވައިގެން ޖަލްސާއެއް ބާއްވާނެ ތަންކޮޅެއްވެސް ނުދެއްވައި ކަމަށެވެ. ކިތަންމެ ހަނި ދޭތެރެއަކުން ނަމަވެސް ފުރުޞަތެއް ދެއްވައިފިނަމަ ރައްޔިތުން ނުކުމެ ބޮޑު މަންޒަރު ދައްކައިލާނެ ކަމަށެވެ.

މިއިން ޒަމާނެއްގައި ވެސް ސިޔާސީ ބައްދަލުވުމެއްގައި ބައިވެރިނުވާހައި ގިނައަދަދެއްގެ މީހުން ވަނީ މިރޭގެ ޖަލްސާގައި ބައިވެރިވެފައެވެ.
މިއަދު އޮންލައިން