ތިއިން ބޭފުޅެއްގެ އެންމެ ލޯލާރިއެއްގައި ވެސް އަޅުގަނޑު ނުޖެހޭނަން‍‍‍‍: އިބޫ

ކިޔުމަށް ހޭދަވާނީ 51ސ
ތިއިން ބޭފުޅެއްގެ އެންމެ ލޯލާރިއެއްގައި ވެސް އަޅުގަނޑު ނުޖެހޭނަން‍‍‍‍: އިބޫ
ވެރިކަން ލިބިއްޖެނަމަވެސް، އެއްވެސް މީހެއްގެ ލޯލާރިއެއްގައި ވެސް ނުޖެހޭނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙު (އިބޫ) ވިދާޅުވެއްޖެއެވެ.

ކާނިވާ ސަރަޙައްދުގައި މިރޭ ކުރިއަށްދާ، އިދިކޮޅު އިއްތިހާދުގެ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ކޯލިޝަްގެ ސަރުކާރަކީ ޒުވާނުންގެ ސަރުކާރަކަށް ވާނެ ކަމަށާއި ޒުވާނުންގެ ވިޔަފާރީގައި އެހީވެދޭެ ސަރުކާރަކަށް ވެސް ވާނެ ކަމަށެވެ.

މިރޭ ކުރިއަށްދާ މިޖަލްސާގައި ގިަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވެފައިވާއިރު، ޖަލްސާއަށް ގެންދަން އެއްވެސް ފަރާތަކަށް މަޖުބޫރު ކޮށްފައި ނުވާެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

"މަޖުބޫރު ކޮށްގެް ޖަލްސާއަށް ގެނެސްފައިވާ އެކަކު ވެސް މިތާނގައި ނުހުންނާނެ. އެއީ އަޅުގަނޑުމެވް ޤަބޫލު ކުރާ ކަމެއް ނޫން. ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އަޅުގަނޑުމެން ބޮޑުކޮށްދޭނަން. އަދި ވަޒީފާގެ ރައްކާތެރިކަން ހޯދައިދޭނަން" އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެފައިވެއެވެ.
މިއަދު އޮންލައިން