އިންތިޚާބު ކާމިޔާބު ކުރާނީ ކޯލިޝަނުންކަން އެއްވެ ތިބި މީހުންގެ އަދަދުންވެސް ޔަޤީންވާނެ: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
އިންތިޚާބު ކާމިޔާބު ކުރާނީ ކޯލިޝަނުންކަން އެއްވެ ތިބި މީހުންގެ އަދަދުންވެސް ޔަޤީންވާނެ: ޤާސިމް
މާތްﷲ ގެ ވާގިފުޅާއިއެކު މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ ގުޅިފައިވާ ކޯލިޝަނުންކަން އަލިމަސް ކާނިވާ ސަރަހައްދުގައި މިރޭ ބާއްވާ ޖަލްސާއަށް އެއްވެ ތިބި މީހުންގެ އަދަދުންވެސް ޔަޤީންވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިރޭގެ ޖަލްސާގައި ތިބި ރައްޔިތުންނާއި މުޚާޠަބް ކުރައްވައި ޤާސިމް ވިދާޅުވީ ﷲ ތަޢާލާ ނޫން އެއްވެސް ފަރާތަކަށް ބިރުގަތުމެއް ނެތް ކަމަށާއި މިއީ އެކިއެކި ފަރާތްތަކުން ދައްކަމުން ގެންދާ ބިރު ފަހަނައަޅައި ރައްޔިތުން ޤައުމުގެ ހައްޤުގައި ނުކުންނަންވީ ވަގުތު ކަމަށެވެ. އެގޮތަށް ނުކުމެ ލިބޭ ކޮންމެ ގެއްލުމަކަށް ފުރިހަމަ ބަދަލު ދެއްވާނެ ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވަމުން ގެންދަވާ ބަސްފުޅަށް ކޯލިޝަނުގެ ސަރުކާރުގައި އަމަލުކުރާނެ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ކޯލިޝަނަކީ ހުރިހާ ދިވެހި ރައްޔިތުންގެ ކޯލިޝަނެއް ކަމަށާއި ހަމައެކެއްގެ ޙައްޤަށްވެސް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ކޯލިޝަނުގެ ސަރުކާރުން ނުކުރާނެ ކަމަށެވެ. ރައްޔިތުންނަށް ގެއްލިފައިވާ ޙައްޤުތައް ކޯލިޝަނުގެ ސަރުކާރުން ހޯދައިދޭނެ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ރައިސް ޔާމީނަށް ދެވަނަ ދައުރެއް ދިނުމަކީ ރައްޔިތުން އިތުރަށް ދެ ގުނައަށް އަޅުވެތިވުން ކަމަށެވެ. އެ ބޮޑު އަޅުވެތިކަމުން ރައްޔިތުން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ ރިޔާސީ އިންތިޚާބުގައިލާ ވޯޓު ކަމަށެވެ. ވޯޓު އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެއްވައި ޤައުމުގައި މިހާރު އޮތް އަނިޔާވެރި ވެރިކަން ބަދަލުކުރުން ކަމަށެވެ.
މިއަދު އޮންލައިން