ނޮވެންބަރު 18 ވަނަ ދުވަހު ފަށާނީ ކުރިއަށް އޮތްދައުރަށް ކެންޕޭނެއް ނޫން - ރައްޔިތުންނަށް ޚިދުމަތް ކުރަން: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ނޮވެންބަރު 18 ވަނަ ދުވަހު ފަށާނީ ކުރިއަށް އޮތްދައުރަށް ކެންޕޭނެއް ނޫން - ރައްޔިތުންނަށް ޚިދުމަތް ކުރަން: ފައިޞަލް
ގުޅިފައިވާ ކޯލިޝަނުގެ ސަރުކާރުން ނޮވެންބަރު 18 ވަނަ ދުވަހު ފަށާނީ ކުރިއަށް އޮތްދައުރަށް ކެންޕޭނުކުރަން ނޫން ކަމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރަން ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން މިރޭ އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ފައިޞަލް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކީ ދަރިއަކަށް ނުވަތަ މައިންބަފައިންގެ ގޮތުގައި ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއިއެކު ކޯލިޝަނުގެ ސަރުކާރުން ޚިދުމަތް ކުރާނެ ކަމަށެވެ. "މުސްކުޅިންނާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ސަލާން ޖަހަން ދޫކޮށެއް ނުލާނަން. ސަލާން ޖަހާކަށް ނުޖައްސުވާނަން. މިލިއަނަކުން އެކަކަށް ޖެހޭ ބައްޔެއް ޖެހުނު މީހާ ވެސް އެގެންދަނީ ސަލާންޖަހަމުން."

ފައިޞަލް ވިދާޅުވީ އަދުލުވެރިވެ އަދުލުވެރިކަމާއިއެކު ހުރިހާ ރައްޔިތުންނަށް އިންސާފުވެރިވުމަކީ "ޗޮއިސް" އެއް ނޫން ކަމަށާއި އެއީ މާތް ﷲ ގެ އަމުރުފުޅެއް ކަމަށެވެ. ''ޅުގަނޑުމެން އެ އަމުރުފުޅު ތަންފީޒު ކުރާނަން."

ފައިޞަލް ވިދާޅުވީ ޖަލްސާގައި ބައިވެރިވާ ރައްޔިތުންގެ އަދަދު ފެނިވަޑައިގަތުމުން އިންތިޚާބުގެ ނަތީޖާ މިހާރުވެސް ޔަޤީން ކުރެއްވިއްޖެ ކަމަށެވެ. އެހެންކަމުން ދެން އޮތީ ރައްޔިތުން އެނބުރި ގެއަށް ގޮސް ދުޢާކުރުމާއިއެކު އިންތިޚާބު ކާމިޔާބުކުރަން ގަދައަޅައި އިތުރަށް މަސައްކަތްކުރުން ކަމަށެވެ.
މިއަދު އޮންލައިން