މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްލައިދޫ ބިސް މަނިކު ނިޔާވެފައިވަނީ ސިއްޙީ ހާލުކޮޅު ބޮޑުވެ، އިންޑިއާގެ މެޑްރާސްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެއްލައިދޫ މަނިިކު ނިޔާވީ ފުރަމޭގެ އާލާސްކަންފުޅަކާއި އުޅުއްވަނިކޮށް ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ކުރިން ޝްރީ ލަންކާގައި ދިރިއުޅުއްވި ނަމަވެސް، ހާލުކޮޅު އިތުރަށް ގޯސްވުމުން އިތުރު ފަރުވާ އަށް އިންޑިއާ އަށް ވަޑައިގަތުމަށްފަހު، ނިޔާވީ އިންޑިއާގެ ޗެންނާއީގައި ހުންނަ އެޕޯލޯ ހޮސްޕިޓަލުގެ އައިސީޔޫ ގައެވެ.