ޤާސިމް އިބްރާހީމް އަކީ ހަމައެކަނި އަޅުގަނޑުގެ ދަރިންގެ ބައްޕައެއް ނޫން - ދިވެހި ޖީލުތަކެއްގެ ބައްޕަ: ޢައިޝާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ޤާސިމް އިބްރާހީމް އަކީ ހަމައެކަނި އަޅުގަނޑުގެ ދަރިންގެ ބައްޕައެއް ނޫން - ދިވެހި ޖީލުތަކެއްގެ ބައްޕަ: ޢައިޝާ
ފިރިކަލުން ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް އަކީ ހަމައެކަނި އަޅުގަނޑުގެ ދަރިންގެ ބައްޕަ ނޫން ކަމަށާއި ދިވެހި ޖީލުތަކެއްގެ ބައްޕަ ކަމަށް ޖޭޕީގެ ކައުންސިލް މެންބަރު ޢައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން މިރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޢައިޝާ ވިދާޅުވީ މިހައިތަނަށް ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަފުޅު ނުދެއްކެވި ނަމަވެސް އެކަން ކުރައްވަން މަޖުބޫރުކުރުވީ ޤައުމުގެ މިއަދުގެ ޙާލަތު ކަމަށެވެ. އަދި ތުއްތު ހުރިހާ ބޭފުޅުން ކޮންމެ ދުވަހަކު އެބޭފުޅުންގެ ބައްޕާފުޅަށް އެދިވަޑައިގެން ކީރިތި ކުރައްވަމުން ގެންދަވާތީ އެކަމަށް ކެތް ނުކުރެއްވިގެން ކަމަށެވެ.

ޢައިޝާ ވިދާޅުވީ އެކަމަނާ އާއި އެކަމަނާގެ ބޭފުޅުން ފަދައިން އެތައް ޢާއިލާތަކަކުން ގެންދަނީ ހަމަ އެފަދަ ވޭންތައް އިޙްޞާޞްކުރަމުން ކަމަށެވެ. އަދި މިފަދަ ނިކަމެތި ޙާލުގައި ރާއްޖޭގެ އެތައް ގިނަ ޢާއިލާތަކެއް އެބަތިބި ކަމަށެވެ.

ޢައިޝާ ވިދާޅުވީ އަނިޔާވެރިކަން މިހާލަތަށް ގޮސްފައިވާއިރު ރައްޔިތުން މިވަނީ ރާއްޖޭގެ ތާރީޚުގައިވެސް ނިކަމެތި ނުވާވަރަށް ނިކަމެތިވެފައި ކަމަށެވެ. "ނިކަން ބައްލަވާ ލައްވާ! ޤައުމު ވަށާލާފައި މިވަނީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ނޫންތޯ؟ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުގެތައް މިވަނީ ހައިޖެކް ކޮށްފައި ނޫންތޯ؟ ދައުލަތުގެ އެހެން މުއައްސަށަތައްވެސް މިވަނީ ޕެރެލައިޒްވެފައި ނޫންތޯ؟"

"ތަރައްޤީގެ ނަމުގައި ބިޔަ ބޮޑެތި ބައެއް މަޝްރޫޢުތައް ހިންގަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަލުވަން ނޫންތޯ؟ ކޮންމެ މަޝްރޫއަކުން ،3 4 ގުނައަށް ދަރަނިވެރިވަމުން މިދަނީ ހަމަ އަޅުގަނޑުމެން ރައްޔިތުން ނޫންތޯ؟ ޖީލުތަކަށް ރައްޔިތުން މިދަނީ ދަރަނިވެރިވަމުން ނޫންތޯ؟"

"ވިސްނާލައްވާ! ،3 4 މިނިޓެއްގެ ވަގުތީ އުފަލަށް އެ އަންދާލަނީ ،3 4 މިލިއަން ޑޮލަރު. ކޮންމެ ތުއްތު ކުއްޖެއްގެ ބޮލުގައި އެޅިފައި މިވަނީ 200،000 ރުފިޔާގެ ދަރަނީގެ ތޮތްޕެއް. މިއީ ވެސް އަނިޔާ. ވައްކަން ނުކުރި ނަމަ އިސްރާފު ނުކުރިނަމަ ތަރައްޤީވަމުން ދާނީ އަރަންޏާއެކު." ކަމަށްވެސް އައިޝާ ވިދާޅުވިއެވެ.

އައިޝާގެ ވާހަކަފުޅު (އޯޑިއޯ):
މިއަދު އޮންލައިން