"ރޭ ހޭލާ ހުއްޓާ އިވިގެން ދިއައީ އިބިލީސް ނުދައްކާނެ ވަރުގެ ވާހަކަތަކެއް." ކަމަށް ޤާނޫނީ ވަކީލު، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ވިދާޅުވެއްޖެއެވެ.
ކޯލިޝަނުން މިރޭ އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ވައްޑޭ ވިދާޅުވީ "މިހެން މިކަން ވެދާނެ ކަމަށް ހިތަކަށްވެސް ނާދޭ" ކަމަށެވެ.
"އަޅުގަނޑުމެން ﷲ އަށް ނަމާދުކުރަނީ ޚުޝޫޢަތްތެރިކަމާ ހިތްތިރިކަމާ މަޑުމޮޅިކަމާއެކު. ނަމާދުކުރުމުގަ ދެވަނަ އެއްވެސް ފަރާތެއް ބައިވެރިކުރުމަކީ ކަނޑައެޅިގެން ހަރާމް ކުރައްވަވާފަވާ ކަމެއް. ކަހަފް ސޫރަތުގެ އެކަން ސާފުކޮށް ބަޔާން ކުރައްވަވާފަ އޮންނާނެ. --- (އާޔަތް)"
ވައްޑޭ ވިދާޅުވީ ނަމާދުގެ އައްތަޙިއްޔާތުގައި އަޅުގަނޑުމެން ކަނައަތުގެ ޝަހާދަތް އިނގިލިން އިޝާރާތްކޮށް ހެކިވަނީ ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް ކަމަށެވެ. "ނަމަވެސް ރައްޔިތުންނަށް އެގޮވާލެއްވީ އައްތަހިއްޔާތަށް އިނދެ އިނގިލިން އިޝާރާތްކޮށް ތިމަންނަގެ ކެންޑިޑޭޓް ނަމްބަރު 1 ހަނދާންކުރަން." ކަމަށެވެ.
ވައްޑޭ ވިދާޅުވީ އިސްލާމް ދީނާއި ކަނޑައެޅިގެން ޚިލާފް، ﷲ ތަޢާލާ ކަނޑައެޅިގެން ޙަރާމް ކުރައްވަވާފައިވާ ކަންކަން ހުއްދަ ކުރައްވައި މިނޫންވެސް އެތައް ވާހަކަފުޅުތަކެއް ރައީސް ޔާމީނު ދައްކަވާފައިވާ ކަމަށާއި ނަމަވެސް އަރިހުގައި ތިއްބެވި ދީނީ ޢިލްމުވެރިން އެއިން އެއްވެސް ކަމެއް ހުއްޓުވާފައި ނުވާ ކަމަށެވެ. ނަމަވެސް މިފަދަ މުންކަރާތްތައް ހުއްޓުވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
މުޙައްމަދު ވަޙީދުގެ ވާހަކަފުޅު (އޯޑިއޯ):