އިދިކޮޅު ކޯލިޝަންގެ ދެވަނަ ޖަލްސާއެއް މާލޭގައި ބާއްވަން ހުއްދަ ދޭން ނުކެރޭނެ: އަލީ ޒާހިރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
އިދިކޮޅު ކޯލިޝަންގެ ދެވަނަ ޖަލްސާއެއް މާލޭގައި ބާއްވަން ހުއްދަ ދޭން ނުކެރޭނެ: އަލީ ޒާހިރު
އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއް ބާއްވަން ވެރިކަން ކުރާ މާލޭގައި ބާއްވަން ދެން އިތުރު ހުއްދައެއް ދޭން ސަރުކާރަށް ނުކެރޭނެ ކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު ވިދާޅުވީ މާލޭގައި އިދިކޮޅު ފަރާތްތަކަށް ދެން އިތުރު ޖަލްސާއެއް ބާއްވަން ހުއްދަ ދޭން ސަރުކާރަށް ނުކެރޭނެ ކަމަށާއި ޖަލްސާތައް ބާއްވަން ކުރިން ވެސް ސަރުކާރުން ހުއްދަ ނުދެނީ އެހެން ވެގެން ކަމަށެވެ. އަދި އިތުރަށް ރައީސް އަބްދުﷲ ޔާމީންގެ އަސްލު ފޮރުވެން ނެތް ކަމަށާއި، ހުރިހާ އުމުރެއްގެ މީހުން ވަކި ޖިންސެއް ބެލުމެއް ނެތި ދައްކާ ބިރު ފަހަނަޅާ ނުކުންނަމުންދާ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލަސާއަކީ ފަހުގެ ތާރީހުގައި ސިޔާސީ ޕާޓީތަކުން ބޭއްވި އެންމެ ބޮޑު އެންމެ މީހުންގިނަ ޖަލްސާކަން ފާހަގަ ކުރެވެއެވެ.



މިއަދު އޮންލައިން