ޙައްޤު ބަސް ވަންހަނާ ކުރާ މީހުންނަށް ﷲ ލަޢްނަތް ލައްވަވާނެ! ހައްޤު ބަސް ބުނަން ވަކި ޕޯޑިއަމެއް ވަކި ތަނެއް ނެތް: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޙައްޤު ބަސް ވަންހަނާ ކުރާ މީހުންނަށް ﷲ ލަޢްނަތް ލައްވަވާނެ! ހައްޤު ބަސް ބުނަން ވަކި ޕޯޑިއަމެއް ވަކި ތަނެއް ނެތް: ޝައިޚް އިލްޔާސް
"ޙައްޤު ބަސް ބުނުމަށްޓަކައި ވަކި ތަނެއް، ވަކި ޕޯޑިއަމެއް ކަނޑައެޅުމަކީވެސް ދީން ހިމާޔަތްކުރުންތޯ؟ ޙައްޤު ބަސް ބުނަންޖެހޭ ވަގުތު އެއްވެސް މަޤްބޫލު އުޒުރެއް ނެތި ހައްޤު ބަސް ނުބުނެ ހުރުމަކީ ޙައްޤު ބަސް ވަންހަނާ ކުރުމަށް ނުވަނީބާ؟ މިއީ ކޮންކަހަލަ އިންސާފެއްތޯ؟"

މިއީ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ޓްވީޓެކެވެ. މިޓްވީޓާއި އެޓޭޗްކުރައްވާފައިވަނީ ބަޤަރާ ސޫރަތުގެ 159 ވަނަ އާޔަތެވެ.

"ހަމަކަށަވަރުން ބަޔާންވެގެންވާ ހެކިތަކާއި ތެދުމަގުގެ ތެރެއިން ތިމަސްރަސްކަލާނގެ ބާވައިލެއްވެވި ތަކެތި މީސްތަކުންނަށް ތިމަންރަސްކަލާނގެ އެފޮތުގައި ބަޔާންކޮށްދެއްވެވުމަށްފަހު، އެތަކެތި ވަންހަނާކުރާމީހުން (ދަންނާށެވެ!) އެއުރެންނަށް ﷲ، ލަޢްނަތް ލައްވަވާނެތެވެ. އަދި ލަޢްނަތްދޭ މީހުން ވެސް އެއުރެންނަށް ލައްނަތް ދޭނެތެވެ."

ކީރިތި ޤްރްއާނާއި ރަސޫލް (ޞޢވ) ގެ ސުންނަތުގެ އަލީގައި މެނުވީ ބަސްފުޅެއް ވިދާޅު ނުވާނެކަމަށް ޝައިޚް އިލްޔާސް ވަނީ ވިދާޅުވެފައެވެ.


މިއަދު އޮންލައިން