ތަޙްޤީޤަށް ފިލައިގެން އުޅޭ މީހުންނަށް ވޯޓު ނުލެވޭ ގޮތަށް ލިސްޓުން ނަން އުނިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ތަޙްޤީޤަށް ފިލައިގެން އުޅޭ މީހުންނަށް ވޯޓު ނުލެވޭ ގޮތަށް ލިސްޓުން ނަން އުނިކޮށްފި
ތަޙްޤީޤަށް ފިލައިގެން އުޅޭ މީހުންނަށް ވޯޓު ނުލެވޭ ގޮތަށް ްޯޓަރސް ލިސްޓުން ނަންތަކެއް އުނިކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އަޙްމަދު އަކްރަމް މިއަދު ވިދާޅުވީ އެ ނަންތައް ލިސްޓުން އުނިކުރީ ފުލުހުންގެ އެދުމަށް ކަމަށެވެ.

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެތެރޭގައި ހިމެނެނީ އެހެން ޤައުމުތަކުގެ ޙިމާޔަތް ހޯދައިގެން އެ ޤައުމުތަކުގައި ދިރިއުޅެމުން ގެންދާ، ފުލުހުންގެ ތަޙްޤީޤްތަކަށް ހޯދަމުން ގެންދާ މީހުންނެވެ.

މިގޮތުން އުނިކޮށްފައިވަނީ ކިތައް މީހުންގެ ނަންކަމެއް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.
މިއަދު އޮންލައިން