މުޅި ރާއްޖެ މިއެދޭ ބަދަލު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދައިދޭނަން. ވަރަށް ބޮޑަށް ޝުކުރުރިއްޔާ!: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
މުޅި ރާއްޖެ މިއެދޭ ބަދަލު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދައިދޭނަން. ވަރަށް ބޮޑަށް ޝުކުރުރިއްޔާ!: އިބޫ
ރޭ ދިވެހި ރައްޔިތުން ދައްކައިދިން ތާއީދަށް ރިޔާސީ ކެންޑިޑޭޓް (އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ޝުކުރު އަދާކުރައްވައިފިއެވެ.

"މުޅި ރާއްޖެ މިއަދޭ ބަދަލު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދައިދޭނަން. ވަރަށް ބޮޑަށް ޝުކުރުރިއްޔާ! 23 ސެޕްޓެމްބަރުގައި އިންސާފުގެ މަގަށް ތިހުރިހާ ބޭފުޅުން ވޯޓުފޮށިތައް ފުރާލަދެއްވާ!"

ކޯލިޝަނުން ރޭ އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ ވަޒިފާގެ ބިރު ދައްކައިގެންނާއި ގަދަކަމުން ބައްދަލުވުމަށް ގެނައި ހަމައެކަކުވެސް ބައްދަލުވުމުގައި ބައިވެރިނުވާ ކަމަށެވެ.

ޕީޕީއެމްގެ ޖަލްސާތަކަށް ގެންދާ މީހުން ޖަލްސާގެ ވަކި ހިސާބަކުން ޖަލްސާ ދޫކޮށް ދިއުމުން އެކަމުގެ އުނިކަން ޖަލްސާއަށް ލިބުނު ނަމަވެސް ރޭ ޖަލްސާ ނިމިގެންވެސް ބައިވެރިން ވަނީ ނުގޮސް މަޑުކޮށްފައެވެ.
މިއަދު އޮންލައިން