ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުން ވެސް ރާއްޖެޓީވީ އިން ފައިސާ ދައްކައިފި

ކިޔުމަށް ހޭދަވާނީ 55ސ
ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުން ވެސް ރާއްޖެޓީވީ އިން ފައިސާ ދައްކައިފި
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ އަބުރަށް ހުތުރުވާފަދަ ދޮގު މައުލޫމާތު ގެނެސްދީފައިވާ ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމުން، އެފައިސާ މިއަދު ދައްކައިފިއެވެ.

ރައީސް ޔާމީން ގެ އަބުރަށް ހުތުރުވާފަދަ ދޮގު މައުލޫމާތު ގެނެސްދިނުމުގެ އިތުރުން ޤައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ވެސް ބުނެ، ބްރޯޑްކޮމް އިން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފައިވަނީ މިދިޔަ އޯގަސްޓް މަހުގެ އަށްވަނަ ދުވަހުއެވެ.

ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރިއިރު، އެފައިސާ ދައްކަން އެކޮމިޝަނުން ރާއްޖެޓީވީ އަށް ދީފައިވަނީ އެންމެ 30 ދުވަހުގެ މުއްދަތެކެވެ.

ބްރޯޑްކޮމް ގެ އެންގުމުނަށް އެސްޓޭޝަނުން މިއަދު ޖޫރިމަނާގެ ފައިސާ ދެއްކީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ. މީރާ އިން މިހާރު ގެންދަނީ ރާއްޖެ ޓީވީގެ ޖޫރިމަނާ ފައިސާއާއި ހަވާލުވެ، އެފައިސާގެ އަދަދުތައް ގުނަމުންނެވެ.


މިއަދު އޮންލައިން