އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ގެ ކެންޕެއިނަށް ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ޖަމާލު ރަސްމީކޮށް ގުޅިވަޑައި ގެންފިއެވެ.
މައުލޫމާތު ލިބިފައި ވާގޮތުން ޝެއިޚް އިލްޔާސް މިހާރު ގެންދަވަނީ ހދ. އަދ ހއ. އަތިޅުގައި އަދާލަތުޕާޓީގެ ކެމްޕެއިން ޓީމާއި އެކު ހަރަކާތްތެރި ވެވަޑައިގަންނަވަމުންނެވެ.
މިކަމާ ބެހޭގޮތުން ޝެއިޚްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ސައުދީ އަރަބިއްޔާގައި ގާއިމް ކޮއްފައިވާ ރާއްޖޭގެ އެމްބަސީގައި ސެކަންޑް ސެކްރެޓަރީއެއްގެ މަގާމުގައި ހުންނެވި ޝެއިޚް އިލްޔާސް ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، މިދިޔަ ޖޫން މަހުގައި އެނބުރި ރާއްޖެ ވަޑައިގެންފައެވެ.