ރާއްޖެއައި އެއްމިލިއަން ވަނަ ޓޫރިސްޓަކަށް ތުރުކީ މީހެއް ހޮވިއްޖެ

ކިޔުމަށް ހޭދަވާނީ 1މ 36ސ
ރާއްޖެއައި އެއްމިލިއަން ވަނަ ޓޫރިސްޓަކަށް ތުރުކީ މީހެއް ހޮވިއްޖެ
މި އަހަރު ރާއްޖެއައް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ތުރުކީ ވިލާތުގެ ފިރިހެނަކު ހޮވިއްޖެ އެވެ.

ރާއްޖެއައް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އެއް މިލިއަން އަށްވުރެއް އިތުރު ވާން ފެށުމުން، ކޮންމެ އަހަރަކު އެއް މިލިއަން ވަނަ ޓޫރިސްޓް ކަނޑައަޅައި އެމީހަކަށް ހާއްސަ ހަފުލާއެއް އެއާޕޯޓޫގައި ބޭއްވުމަށް ހަމަޖައްސާފައި ވެއެވެ. އެގޮތުން މިއަހަރު ހޮވުނު ތުރުކީ މީހާއައް، އެމްއެމްޕީއާރުސީ އިން ވަނީ ހާއްސަ މަރުހަބާއެއް ކިޔާފަ އެވެ.

މި މީހާ ރާއްޖެ އައިސްފައި ވަނީ މީގެ ދެ ދުވަސް ކުރިން ކައުވެނިކޮށްގެން، އޭނާގެ އަންހެނުންނާއި އެކު މީރުއައިލެންޑް ރިސޯޓުގައި ހަނީމޫން ހޭދަކުރުމަށެވެ.

މި ދެމަފިރިންނަށް ލިބުނު ހާއްސަ ހަދި ޔާތަކުގެ ތެރޭގައި ދިރާގުންދިން 100 ޖީބީގެ ޑޭޓާ ޕެކޭޖް އަކާއި ޓީއެމްއޭ އިން ދިން ދަރުތުގެ އިތުރުން މޫވެންޕިކުން ދިން ޗުއްޓީ ޕެކޭޖް ހިމެނެއެވެ.
އެއް މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއެއާޕޯޓުންގައި ވަނީ ސަގާފީ ކުޅިވަރުތަކެއް ބާއްވާފައެވެ. އަދި ވީއައިޕީ ލައުންޖުގައި ހާއްސަ އައިޓަމް އެއްވެސް ކުރިއަށް ގެންދިޔައެވެ.

އޭގެ އިތުރުން އެ ދެ މީހުންނަށް ވީއައިޕީ ލައުންޖުގައި މަރުހަބާ ދެންނެވުގައި ޓޫރިޒަމަ މިނިސްޓަރުގެ ނައިބު ހުސެއިން ލީރާރު އާއި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ގެ އިތުން އެމްއޭސީއެލް އަދި ސިވިލްއޭވިއޭޝަން އޮތޯރިތީގެ އިސްވެރިން ބަރިވެރި ވަޑައިގެންފައި ވެއެވެ.

މިއަދު އެއާޕޯޓުގައި ނޫސްވެރިންނާއި ވާހަކަ ދައްކަމުން އެދެމަފިރިން ބުނީ، ރާއްޖެ އައި އިރު އެފަދަ އުފާވެރި މަރުހަބާއެއް ކީޔާނެ ކަމަކަށް ހީނުކުރާ ކަމަށެވެ. އަދި މިއީ ލިބުނު ބޮޑު ހައިރާން ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންނަށް މިއަދު ފެނުނީ ރާއްޖެ އައި ތަނުން ވަރަށް އުފާވެރި މޫނުތަކެއް. އަޅުގަނޑުމެން ވަރަށް އުފާވި މިފަދަ ޝަރަފެއްލިބުމުން،" އެދެމަފިރިންބުންޏެވެ.



މިއަދު އޮންލައިން