އައިމަން ކުރައްވާފައިވާ އެހެން ޓްވީޓްތަކަށް ބަލާއިރު ފާހަގަކުރެވެނީ ޤައުމުގައި ހިނގާ ކަންކަމާއިމެދު ފުންކޮށް ވިސްނަވާ، އެހެން ނަމަވެސް ސިޔާސީ ކަންތައްތަކާއި އެހައި ކައިރި ބޭފުޅެއް ނޫން ކަމަށެވެ.
އައިމަން މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ ރޭ އިދިކޮޅު ކޯލިޝަނުން އަލިމަސް ކާނިވަލުގައި ބޭއްވި ބޮޑު ޖަލްސާގައި މާލޭގެ އެއްވެސް ޒުވާނަކު ބައިވެރި ނުވާކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ޔާމީން އެމޭރުމުން ވިދާޅުވި ނަމަވެސް ރޭގެ ޖަލްސާގައި މާލޭގެ އެތައް ހާސް ޒުވާނުން ވަނީ ބައިވެފައެވެ. ނަމަވެސް އެއީ ޒުވާނުން ކަމަށް ރައީސް ޔާމީނު ޤަބޫލު ފުޅު ނުކުރެއްވެވުމުން ރައީސް ޔާމީނުގެ ކުރިފުޅުމަތީގައި ޒުވާނުންނަކީ ކޮބައިކަމާއިމެދު ގިނަ ބައަކު ދަނީ ސުވާލުތައް ކުރަމުންނެވެ.
Boa dhigukohfa valhi nujahanyaa zuvaanunnah nuvaneebaa?