ރާއްޖޭގެ އެންމެ ބޮޑު ސްކޫލުގައި އަންނަ އަހަރު ކިޔަވައިދޭން ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ހުޅުމާލޭގައި އެންމެ ކުރިން އާބާދުވި ސަރަހައްދު (ނެއިބަހުޑް 1) ގައި އަޅާ ސްކޫލުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށެވެ.
ޝަފީއު ވިދާޅުވީ ސްކޫލު ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ސްކޫލަށް ބޭނުންވާ ފަރުނީޗަރު ގެނެސްދޭނެ ބަޔަކު ހޯދަން މިނިސްޓްރީން ވަނީ އިއުލާނުވެސް ކޮށްފަ އިކަމަށެވެ.
ހުޅުމާލޭގައި ހަތް ބުރިއަށް އިމާރާތް ކުރާ މި ސްކޫލްގައި ޕްރީ ސްކޫލުން ފެށިގެން 10އާ ހަމައަށް ކިޔަވައިދޭއިރު 50 ކްލާސްރޫމް ހުންނާނެ އެވެ. އެތަނުން ދެ ކްލާސްރޫމް ހާއްސަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ. ސްކޫލުން ގާތްގަނޑަކަށް 1700 އެއްހާ ދަރިވަރުންނަށް ކިޔެވޭނެއެވެ.
މިސްކޫލުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 132 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ އަމިން ކޮންސްޓްރަކްޝަނާއެވެ.