އެމްއާރުއެމް އިން ހުޅުވީ ފޯން ޖަގަހަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
އެމްއާރުއެމް އިން ހުޅުވީ ފޯން ޖަގަހަ
ރައީސް މައުމޫނުގެ އެމްއާރުއެމް އިން ފޯން ޖަގަހަ ގެ ނަމުގައި މިރޭ ޖަގަހައެއް ހުޅުވައިފިއެވެ.

މި ޖަގަހައަށް ފޯން ޖަގަހަ ކިޔާފައިވާއިރު ރައީސް ޔާމީން ވިދާޅުވެފައިވަނީ ރައީސް މައުމޫނަށް ޖަލުގައި އޮންނަވަން ޖެހިވަޑައިގެންފައިވަނީ އެމަނިކުފާނު ގެންގުޅުއްވާ ފޯނުކޮޅު ފުލުހުންނަށް ނުދެއްވުމުން ކަމަށެވެ.

މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އާއި ރަނިންމޭޓް ފައިޞަލް ނަސީމް އާއި އެމްއާރުއެމްގެ އިސް ބޭފުޅުންނާއި ކޯލިޝަނުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން