ޕީޕީއެމްގެ އަސްލު ސައިޒް ދައްކާލަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ޕީޕީއެމްގެ އަސްލު ސައިޒް ދައްކާލަނީ
ޕީޕީއެމްގެ އަސްލު ސައިޒު މިމަހު 17 ނުވަތަ 18 ވަނަ ދުވަހު ދައްކައިލާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ޕީޕީއެމުުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ލީޑަރު އަޙްމަދު ނިހާން ވިދާޅުވީ ޕީޕީއެމްގެ ރަސްމީ އަދަދާއި ސައިޒާއި އަދަދާއި ކޮލިޓީ އާއި ކުލަވެސް ދައްކައިލާނެ ކަމަށެވެ. އެދުވަހު ބާއްވާ ޖަލްސާގައި 60 - 70 އާއި ހަމައަށް ޒުވާނުން ތިބޭތަންވެސް އިދިކޮޅު ފަރާތްތަކަށް ފެނިގެންދާނެ ކަމަށެވެ.

ނިހާން ވިދާޅުވީ ޕީޕީއެމުން މިފަދަ ޖަލްސާއެއް ބާއްވަނީ އެމްޑީPީން ޖަލްސާއެއް ބޭއްވީތީ ނޫން ކަމަށެވެ. ނަމަވެސް "އެމީހުން" އުޅެނީ "އާ ކުކުޅަކަށް އާ ބިހެއް އެޅިގެން" އުޅޭހެން ކަމަށެވެ.
މިއަދު އޮންލައިން