ރާއްޖޭގެ ވެރިކަމުގައި ހުންނަން ޖެހޭނީ ދައުލަތާއި ޤައުމަށް ވަރަށް އަމާނާތްތެރިއެއް: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ރާއްޖޭގެ ވެރިކަމުގައި ހުންނަން ޖެހޭނީ ދައުލަތާއި ޤައުމަށް ވަރަށް އަމާނާތްތެރިއެއް: ޑރ. ޝަހީމް


ރާއްޖޭގެ ވެރިކަމުގައި ހުންނަން ޖެހޭނީ ވަރަށް ޢާޒުމް ވަރުގަދަ ފިސާރި ކެރޭ. ދައުލަތާއި ޤައުމަށް ވަރަށް އަމާނާތްތެރިއެއް ކަމަށް ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރ. ދ. މީދޫގައި ބޭއްވި ޖަލްސާގައި ޑރ. ޝަހީމް ވިދާޅުވީ ކީރިތި ޤްރްއާނުގައިވެސް މިކަން ވަނީ ބަޔާން ކުރައްވަވާފައި ކަމަށެވެ. -- (އާޔަތް)-- "އެއީ މޫސާގެފާނާއިބެހޭ ގޮތުން ބާވައިލައްވަވާފައިވާ އާޔަތެއް. --- ދަރިކަނބަލުން ދަންނަވަނީ އަމާނާތްތެރި ވަރުގަދަ މީހެކޭ. ހަމަ އެގޮތަށް ސުލައިމާންގެފާނުގެ ދަރުބާރުގައި ބަލްޤިސް ރަނިންގެ ތަޚުގެނައުމަށް ދެންނެވި ފަރާތުން އަންގަވާފައި ވިދާޅުވަނީ -- (އާޔަތް) -- ތިމަންނާއަކީ ވަރަށް ވަރުގަދަ އަމާނާތްތެރިއެކޭ އެއަށް. ހަމަ އެގޮތަށް ޔޫސުފްގެފާނުވެސް މިޞުރުގެ ޢަޒީޒަށް ދެންނެވި ހަމަ އެފަދަ ބަސްފުޅެއް.

"އަޅުގަނޑު އެބޭކަލުންނާ ރައީސް ޔާމީނާ އެއްފަދަ ކުރަނީއެއް ނޫން. އަޅުގަނޑު މިދަންނަވަނީ ޤައުމެއް ނަމަ އެޤައުމެއްގެ ޒަޢާމަތުގަ ހުންނަން ޖެހޭނީ ވަރަށް ވަރު ޝަޚްޞިއްޔަތެކޭ. އަބޫޒައްރަށް ރަސޫލް (ޞޢވ) ވިދާޅުވި. ކަލޭގެފާނަކީ ވަރަށް ބަލިކަށި ބޭފުޅެކޭ، މިއީ (ވެރިކަމަކީ) ވަރަށް ބޮޑު އަމާނާތެކޭ. ޤިޔާމަތް ދުވަހުން މިކަންކަމާއިބެހޭ ގޮތުން ސުވާލު ކުރެވޭނޭ."
ޑރ. ޝަހީމް ވިދާޅުވީ އެހެންކަމުން ވެރިއަކަށް ބޭނުންވަނީ ހަމައެކަނި ޞާލިޙް މީހެއް ނޫން ކަމަށާއި ވަރުގަދަ ޞާލިޙް މީހެއް ކަމަށެވެ. "އެއީ އިސްލާމީ ޝަރީޢަތުގަ އެކަން އޮންނަ ގޮތަކީ. ވަރުގަދަ ގަޓްހުރި ޞާލިޙް މީހެއް ބޭނުންވަނީ. އެމީހަކީ ކިތަންމެ ވަރުގަދަ މީހެއް ނަމަވެސް އެމީހާއަކީ ވަރުގަދަ ކެރޭ ގަޓުހުރި މީހެއް ނޫން ނަމަ ޤައުމު ދާނީ އޮޔާ." ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ "ޤައުމުގެ ހައްޤުގަ ނުކުންނަމީހުންނަކީ ތެދުވެރި މީހުންނަށް ވާން އެބަޖެހޭ. އެފަދަ މީހުން ރައީސުލްޖުމްހޫރިއްޔާގެ ވަށައިގެންވާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އަޅުގަނޑުމެންގެ ރައިސް ވަށައިގެން މިވަނީ ޝައިޚް މުޙައްމަދު ލަޠީފް އާ ޝައިޚް މުޙައްމަދު ދީދީ އާ އަދިވެސް މިހާރުގެ ޒުވާން ޖީލު." ކަމަށެވެ.

ޑރ. ޝަހީމް ވަނީ ރައީސް ޔާމީން ސަލާމަތް ކުރުމަށް ޒުވާން ޖީލަށް ގޮވާލައްވައިފައެވެ.
މިއަދު އޮންލައިން