ބޭރުގެ ޖަމާއަތްތަކުން އަންގާ އެންގުންތަކަށް އަމަލު ނުކުރުމަކީ ރާއްޖެ ވަރުގަދަވުން: ޑރ. ޝަހީމް
ބޭރުގެ ޖަމާއަތްތަކުން އަންގާ އެންގުންތަކަށް ރާއްޖެއިން އަމަލު ނުކުރުމަކީ ރާއްޖެ ނިކަމެތިވުން ނޫން ކަަމަށާއި އެއީ ރާއްޖެ ވަރުގަދަވުން ކަމަށް ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރޭ މީދޫގައި ބޭއްވި ޖަލްސާގައި ޑރ. ޝަހީމް ވިދާޅުވީ ކޮމަންވެލްތުންވެސް ރާއްޖެއާއިމެދު ފިޔަވަޅު އަޅަން އުޅުނު ކަމަށާއި ނަމަވެސް އެމީހުން ފިޔަވަޅު އެޅުމުގެ ކުރިން ރައީސް ޔާމީން ވަނީ އެމީހުންނާއިމެދު ފިޔަވަޅު އަޅުއްވާފައި ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ މިއިން ޒަމާނެއްގައިވެސް ރާއްޖެއަށް ނުއަންނަ ވަރުގެ ބޮޑެތި އިންވެސްޓްމަންޓްތަކާއި އިތުރު އެއާލައިންތަކާއި ޖެޓުތައް ރާއްޖެއަށް އަންނަމުންދާ ކަމަށެވެ. އަދި ރައީސް ޔާމީން ވަނީ މީގެ ކުރިން ޤާއިމުވެފައި ނުވާ މިންވަރަށް މުސްތަޤިއްލު ކަމާއި މިނިވަން ސިޔާސަތެއް ރާއްޖޭގައި ޤާއިމުކުރައްވާފައި ކަމަށެވެ.