ރައީސް ޔާމީން ކުރައްވަނީ ތަފާތު ކެންޕޭނެއް- އެކެންޕޭނުގަ ކުރިއަށް ގެންދަނީ ވަޒީފާއިން ވަކިކުރުމާ ބިރު ދެއްކުން:އިބޫ
ރައީސް ޔާމީނަށް ކުރަނީ ތަފާތު ކެންޕޭނެއް ކަމަށާއި އެކެންޕޭނުގައި ކުރިއަށް ގެންދަނީ މުވައްޒިފުން ވަޒީފާއިން ވަކިކުރުމާއި ވަޒިފާގެ ބިރު ދެއްކުން ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ނ. ލަންދޫގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މިހާރުވެސް ގިނަ ބައަކު ރާއްޖޭގެ އުތުރުން ދެކުނަށް، އަދި ދެކުނުގެ މީހުން އިތުރުގެ ރަށްރަށަށް ބަދަލުކޮށްފައިވާ ކަމަށެވެ. "ފުވައްމުލަކުން ބައްދަލުވި މީހަކާ ހއ. ހޯރަފުށިން ބައްދަލުވެއްޖެ. ހިންނަވަރު ދެމީހަކާ ގއ. ވިލިނގިލިން ބައްދަލުވެއްޖެ."
އިބޫ ވިދާޅުވީ އެމްއޭސީއެލްގައި ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފައިވާ ލަންދޫ އަޒީއަށްވެސް ވަޒީފާގެ ބިރު ދައްކަމުން ގެންދާ ކަމަށާއި ނަމަވެސް އޭނާ ހުރީ ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށެވެ.
އިބޫ ވިދާޅުވީ މިއަދު މުވައްޒިފުން ތިބީ ސަރުކާރުން ދައްކާ ބިރަށް ފަސްޖެހެން ނޫން ކަމަށާއި ތިބީ ހަމަ ސާބިތުކަމާއިއެކު ކުރިއަށްދާން ތައްޔާރަށް ކަމަށެވެ.