ރައްޔިތުން ތިބީ އެއާޕޯޓަށާ ފުޓްސެލް ދަނޑަށް ވޯޓުދޭ ގޮތަކަށް ނޫން: އެމްއެމްޓީ ޠާރިޤް
ދިވެހި ރައްޔިތުން ތިބީ ސަރުކާރުން އެއާޕޯޓަށާއި ފުޓްސެލް ދަނޑަށް ވޯޓުދޭ ގޮތަކަށް ނޫން ކަމަށް މަނަދޫ މުޙައްމަދު ޠާރިޤް (އެމްއެމްޓީ) ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އަރިހުގައި ނ. މާފަރުގައި ހުންނަވައިގެން ޠާރިޤް ވިދާޅުވީ ރައްޔިތުން ޤަބޫލުކުރަނީ އެއާޕޯޓާއި ފުޓްސެލް ދަނޑު އެޅުމަކީ އެއިރަކު އޮންނަ ސަރުކާރަކަށް ކުރަންޖެހޭ ކަމެއް ކަމަށާއި ރައްޔިތުން ބޭނުންވަނީ ހަމަހަމަކަމާއި އަދުލު އިންޞާފް ކަމަށެވެ.
"ފުޓްސެލް ދަނޑު އެޅުމުގެ ނަމުގައިވެސް ގިނަ ރަށްތަކުން މިފެންނަނީ ފަސްގަނޑު ހާވާލާފައި މަސައްކަތް ނުކޮށް ދޫކޮށްލާފައި އޮންނަތަން."
ޠާރިޤް ވިދާޅުވީ މާފަރުގައި ސަރުކާރުން އެއާޕޯޓެއް އެޅި ނަމަވެސް މާފަރު ރައްޔިތުން ބުނާ ގޮތުން އެރަށުން ރައީސް ޔާމީނަށް ލިބޭނީ ގިނަވަގެން 30 އިންސައްތަ ކަމަށެވެ. 70 އިންސައްތަ ކޯލިޝަނަށް ލިބޭނެ ކަމަށެވެ.
ޠާރިޤް ވިދާޅުވީ ރައްޔިތުން ބޭނުންވެގެން ތިބި ކަންކަން ވަރަށް ސާފު ކަމަށާއި އެންމެ ބޮޑަށް ބޭނުންވަނީ އިންޞާފު ކަމަށެވެ.