މަގުމަތިން ހޮވާފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ

ކިޔުމަށް ހޭދަވާނީ 31ސ
މަގުމަތިން ހޮވާފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ
ޝަހީދު މުޙައްމަދު ޙުސައިން ހިނގުމަށް ވެއްޓިފައިއޮތް ވެރިއަކު ނެތް ފައިސާތަކެއް ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފައިވާތީ، އެތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

ިމިފައިސާތައް ފެނިފައިވަނީ މި އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޝަހީދު މުޙައްމަދު ޙުސައިން ހިނގުމުންނެވެ.

މިފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އިނގޭ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ، ފައިސާއާ ހަވާލު ވުމަށް އެދެއެވެ.

މިއަދު އޮންލައިން