ވޯޓްކަރުދާހުގެ ޞައްޙަކަން ބަލަންޖެހޭނީ ގުނާއިރަކު ނޫން - ފޮށްޓަށް ލުމުގެ ކުރިން: މާރިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ވޯޓްކަރުދާހުގެ ޞައްޙަކަން ބަލަންޖެހޭނީ ގުނާއިރަކު ނޫން - ފޮށްޓަށް ލުމުގެ ކުރިން: މާރިޔާ
އެއްވެސް އިންތިޚާބެއްގައި ވޯޓްކަރުދާހުގެ ޞައްޙަކަން ބަލަންޖެހޭނީ ވޯޓުލައި ނިމި ގުނާއިރަކު ނޫން ކަމަށާއި ބަލަންޖެހޭނީ ފޮށްޓަށް ކަރުދާސްކޮޅު ލުމުގެ ކުރިން ކަމަށް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިއަދު ވިދާޅުވީ ވޯޓު ކަރުދާސްކޮޅު ދޫކުރަނީ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ކަމަށްވާއިރު ދޫކުރާ ކަރުދާސްކޮޅުގެ ޞައްޙަކަން ބަލަން ޖެހޭނީ ކަރުދާސްކޮޅު އަތަށް ދޫކުރުމުގެ ކުރިން ކަމަށާއި ހުރިހާ ޤައުމުތަކެއްގައިވެސް އެކަން ކުރަނީ އެގޮތަށް ކަމަށެވެ.

"ވޯޓު ލަނީ އޮފިޝަލުންގެ ކުރިމަތީގަ. ވީމާ ގުނާއިރު މެޝިނެއްގައި ޖައްސައިގެން ޞައްޙަކަން ބެލުމަކީ އެއްވެސް ޤައުމެއްގައި ކުރާ ކަމެއް ނޫން. އިލެކްޝަންސް ކޮމިޝަނުން މިހާރު އެއުޅެނީ އެބޭފުޅުންގެ އަމިއްލަ ނަފުސާއިމެދު ވެސް އިތުބާރު ނެތިގެން."

މާރިޔާ ވިދާޅުވީ ވޯޓުލާން ބޫތަށް ވަދެވެނީ އަތުގައި ހުރި ފޯނާއި އެހެންވެސް ތަކެތި ބޭރުގައި ބަހައްޓާފައި ކަމަށްވާއިރު އެއްވެސް މީހަކަށް އިތުރު ކަރުދާސްކޮޅެއް ނުވަތަ އަމިއްލަ ކަރުދާސްކޮޅެއް ބޭނުންކުރެވިދާނެ ކަމަށް ޤަބޫލުކުރުމަކީވެސް އަޖައިބެއް ފަދަ ކަމެއް ކަމަށެވެ. އެހެންކަމުން ވޯޓުލުމަށްފަހު ކުރަންޖެހޭނެ ހަމައެކަނި ކަމަކީ ވޯޓު ގުނުން ކަމަށެވެ.
މިއަދު އޮންލައިން