ފެރީ ދަތުރުތަކުގެ ތާވަލަށް ބަދަލެއް ގެންނާނީ މަހެއްވަރު ފަހުން- އެމްޓީސީސީ

ކިޔުމަށް ހޭދަވާނީ 41ސ
ފެރީ ދަތުރުތަކުގެ ތާވަލަށް ބަދަލެއް ގެންނާނީ މަހެއްވަރު ފަހުން- އެމްޓީސީސީ
ހުޅުމާލެއަށް ދިޔުމަށް ދަތުރުތައް ފެށުމުން ފެރީއިން ހުޅުމާލެއަށް ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑުތަން މަދުވެފައިވީ ނަމަވެސް، ހުޅުމާލެ ފެރީ ދަތުރުތަކުގެ ތާވަލަށް ބަދަލެއް ގެންނާނީ އަދި މަހެއްހާ ދުވަހު ބެލުމަށްފަހު ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ ގެ ޓްރާންސްޕޯޓް ޑިޕާޓުމެންޓްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެފައިވަނީ ފެރީ ތާވަލަށް ބަދަލު ގެންނަން އަދި އަވަސް ކަމަށާއި މިވަގުތު ފެރީގައި ދަތުރުކުރާ މީހުން މަދު ނަމަވެސް ތާވަލަށް ބަދަލެއް އަދި ނުގެންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ދެތިން ދުވަހުން ނޭނގޭނެ ޑިމާންޑަށް އަންނަ ބަދަލެއް. މިހާރު ބްރިޖުން ހިލޭ ދަތުރުކުރެވުނު ނަމަވެސް ފީ ނަގަން ފެށުމުން ބަދަލު އަންނާނެ. އެހެންވީމަ މިވަގުތު ފެރީގައި ދަތުރުކުރާ މީހުން މަދު ނަމަވެސް ތާވަލަށް ބަދަލެއް ނުގެންނަން" އެމްޓީސީސީ ގެ އޮފިޝަލް ވިދާޅުވިއެވެ.
މިއަދު އޮންލައިން