އިބޫއަށް މަރުޙަބާ ކިޔާ އެމްޑީޕީއަށް ސޮއިކުރި ކޮނޑޭ މީހެއްގެ ވަޒީފާ އެހެން ރަށަކަށް

ކިޔުމަށް ހޭދަވާނީ 1މ 4ސ
އިބޫއަށް މަރުޙަބާ ކިޔާ އެމްޑީޕީއަށް ސޮއިކުރި ކޮނޑޭ މީހެއްގެ ވަޒީފާ އެހެން ރަށަކަށް
ގއ. ކޮނޑޭއިން ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހަށް މަރުޙަބާ ކިޔާ އެމްޑީޕީއަށް ސޮއިކުރި އެރަށު ސިއްޙީ މަރުކަޒުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒިފަކު، ތ. މަޑިފުށި ސިއްޙީ މަރުކަޒަށް ހެލްތު މިނިސްޓްރީން ބަދަލު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮނޑޭ ސިއްޙީ މަރުކަޒުގެ ރީޖަނަލް އެންޑް އެޓޯލް ހެލްތު ޑިވިޛަން އިން ތ. މަޑިފުށި ސިއްޙީ ސަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓަށް ބަދަލު ކޮށްފައިވަނީ ކޮމިއުނިޓީ ހެލްތު އޮފިސަރެއްގެ މަގާމުގައި މަސައްކަތް ކުރަމުން އަންނަ އަބްދުﷲ ޝަމީމް ނަމަކަށް ކިޔާ މީހެކެވެ. އޭނާ މަޑިފުއްޓަށް ބަދަލު ކޮށްފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިޚަބަރާއި ގުޅޭގޮތުން އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ޝަމީމު ބުނެފައިވަނީ މިހަފްތާގެ ބުދަ ދުވަހު މަޑިފުށީ ސިއްޙީ މަރުކަޒަށް ނިކުތުމަށް އޭނާއަށް އަންގާފައިވާ ކަމަށާއި އެރަށުގައި އޭނާގެ ހުރުމާއި ކެއުން، ރާއްޖޭގެ މާލިއްޔަތު ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތ. އަތޮޅު ހޮސްޕިޓަލުން ބަލަހައްޓާނެ ކަމަށް ވެސް އަންގާފައިވާ ކަމަށެވެ.

"ފުރަން ތައްޔާރަށް އަޅުގަނޑު މިހުރީ. ޓިކެޓު އެކޮޅުން ހަމަޖައްސާފަ ފުރަން ބުނީމަ އަޅުގަނޑަށް ދެވޭނީ" ޝަމީމްގެ ބަސދީގަތުމުގައި އޭނާ ބުނެފައިވެއެވެ.

މިއަދު އޮންލައިން