މާލެއިން ހުޅުމާލެއަށް ކުރާ ޓެކްސީ ދަތުރު 40 ރުފިޔާ އަށް ހަދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
މާލެއިން ހުޅުމާލެއަށް ކުރާ ޓެކްސީ ދަތުރު 40 ރުފިޔާ އަށް ހަދައިފި
މާލެއިން ހުޅުމާލެއަށް ކުރާ ޓެކްސީ ދަތުރުތަކަށް ނެގޭނީ ގިނަވެގެން 40 ރުފިޔާ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ކަނޑައަޅައިފިއެވެ.

އެއޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެއިން ހުޅުމާލެއަށް, ހުޅުމާލެއިން މާލެއަށް ކުރާ ޓެކްސީ ދަތުރުތަކަށް ނެގޭނީ ގިނަ ވެގެން 40 ރުފިޔާއެވެ. އަދި ރޭގަނޑު 12 ގެ ފަހުން ނަމަ 45 ރުފިޔާ ނެގިދާނެއެވެ. ނުވަތަ ޑިކީއަށް ދާގީނައެއް އަރުވައިގެން ކުރާ ދަތުރެއް ނަމަވެސް 45 ރުފިޔާ ނެގިދާނެއެވެ. އަދި ހުޅުމާލެއިން ހުޅުލެއަށް އަދި މާލެއިން ހުޅުލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 35 ރުފިޔާ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

މީގެއިތުރުން މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރާ ސައިކަލު ދަތުރުތަކަށް ނެގޭނީ 20 ރުފިޔާއެވެ. ހުޅުމާލެއިން ހުޅުލެއަށް އަދި މާލެއިން ހުޅުލެއަށް ކުރާ ސައިކަލު ޓެކްސީގެ ދަތުރުތަކަށް ނެގޭނީ 15 ރުފިޔާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ބުރިޖު ހުރަސްކޮށް ކުރާ ދަތުރުތަކުގެ އަގުތަށް ޓްރާންސްޕޯޓު އޮތޯރިޓީން ކަނޑައަޅާފައިމިވަނީ ބައެއް ޓެކްސީ ސެންޓަރުތަކުން ބޮޑެތި އަގުތަކެއް ނަގަންފަށާފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު އޮންލައިން