ކުރިން ބަންޑާރަ ނައިބުގެ މަގާމު އަދާކުރައްވާފައިވާ ސުއޫދު ވިދަޅުވީ، އޭ 380 ގެ ބޯޓު ވެލާނާ އެއާޕޯޓުގައި ޖައްސަން ނިންމާފައި ވަނީ ވެލާނާ އެއާޕޯޓާއި އެތިހާ އެއާވޭސްއިން ބޮޑު "ރިސްކެއް" ނަގައިގެން ކަމަށެވެ.
ސިޔާސީ ސްޓަންޓެއް ކަމަށް ބުނެ، ބޯޓު އެއާޕޯޓުގައި ޖައްސާއިރު ރަންވޭއާއި ޓީއެމްއޭގެ ހެންގަރާއި ދެމެދުގައި އެކަށީގެންވާވަރަށް ހުސް ޖާގަ ނެތްކަމަށް އޭނާ ބުންޏެވެ. އެގޮތުން ރަންވޭއާއި ދެމެދު ހުރީ ހަ މީޓަރު ކަމަށާއި ނަމަވެސް 150 މީޓަރުގެ ހުސް ޖާގައެއް ހުންނަން ޖެހޭކަމަށް ސުއޫދު ވިދާޅުވިއެވެ.
ސުއޫދަކީ އޮސްޓްރޭލިއާގެ ކިންގްސްލޭންޑް ޔުނިވާސިޓީއިންއޭވިއޭޝަން ލޯއިން މާސްޓާސް ޑިގްރީ ހާސިލް ކޮށްފައިވާ ބޭފުޅެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭއަށް އޭ 380 ފްލައިޓުތައް ޖައްސަން ހަމަޖެހިފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގައި އެވެ. އަދި މި އާ ރަންވޭގެ މަސައްކަތް ކުރަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯން ނަގައިގެންނެވެ.
Velana airport & @EtihadAirways is taking a huge safety risk by allowing an A380 to land that violates international air law regulations, to make Yamin look good 2 weeks before the election in Maldives. @Airbus @NTSB @IATA @icao @EASA pic.twitter.com/G5d17qScln
— Husnu Al Suood (@hsuood) September 10, 2018