ހައްޖު ކޯޕޮރޭޝަނުގެ ހަވާލުގައި މިއަހަރު ހައްޖަށް ދިއަ ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށައިފިއެވެ.
ޙައްޖު ކޯޕޮރޭޝަނުން ބުނީ މިމަހުގެ 7 ވަނަ ދުވަހު 244 މީހުން އައިސްފައިވާ ކަމަށާއި 8 ވަނަ ދުވަހު 149 މީހުން އައިސްފައިވާ ކަމަށާއި އަދި މިއަދު 194 މީހުން އައިސްފައިވާ ކަމަށެވެ.
އިތުރު ކޯޓާގައި ހައްޖަށް ދިއަ މީހުން ގޮވައިގެން އަންނަ އެންމެ ފަހު ފްލައިޓް އަންނަން ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.