ސަލާމަތުން ދަރިން އެނބުރި ގެއަށް އަންނާނެ ކަމުގެ ޔަޤީންކަން ދެން: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ސަލާމަތުން ދަރިން އެނބުރި ގެއަށް އަންނާނެ ކަމުގެ ޔަޤީންކަން ދެން: ފައިޞަލް
ގެއިން ބޭރަށް ދިއުމަށްފަހު ސަލާމަތުން ދަރިން އެނބުރި ގެއަށް އަންނާނެ ކަމުގެ ޔަޤީންކަން ދިވެހި މައިންނަށް ދެއްވަވާ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް ވިދާޅުވީ 5 އަހަރު ތެރޭގައި 30 އަށްވުރެ ގިނަ ޒުވާނުން އަނިޔާވެރި ގޮތުގައި މަރައިލުމަކީ ހަމަ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޯލިޝަނުގެ ސަރުކާރުން މިޙާލަތު ބަދަލުކުރާނެ ކަމަށެވެ.

ފައިޞަލް ވިދާޅުވީ މިކަންކަން ބަލަހައްޓައި މަގުމަތީގެ ރައްކައުތެރިކަން ބެލެހެއްޓުމާއި ހަވާލުވެގެން ތިބި ފަރާތްތަކަށް އެކަން ނުކުރެވިގެން އުޅެނީ އެމީހުން އަދާކުރަން ނުޖެހޭ މަސްއޫލިއްޔަތުތަކެއް އަދާކުރަން ޖެއްސުވުމުން ކަމަށެވެ.

ފައިޞަލް ވިދާޅުވީ ކޯލިޝަނުގެ ވެރިކަމެއްގައި އެގޮތަށް ކަންކަން ނުކުރާނެ ކަމަށާއި ހުރިހާ މުއައްސަސާތަކުން ވެސް ކުރާނީ އެ މުއައްސަސާއެއްގެ މެންޑޭޓުގައި ހިމެނޭ ކަންކަން ކަމަށެވެ. އަދި ޖޫޑިޝަރީއަށް އެއްވެސް ވަރަކަށް އަތް ނުބާނާނެ ކަމުގެ 500 އިންސައްތަ ޔަޤީންކަން ދެއްވާ ކަމަށެވެ.
މިއަދު އޮންލައިން