ވޯޓުން ވައްކަން ކުރިޔަ ދީގެން ނުވާނެ: އިބޫ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ވޯޓުން ވައްކަން ކުރިޔަ ދީގެން ނުވާނެ: އިބޫ
މިސަރުކާރުން ފައިސާއިން ވައްކަން ކުރާ ގޮތަށް ވޯޓުން ވައްކަން ކުރިޔަ ދީގެން ނުވާނެ ކަމަށާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިހެން ވިދާޅުވީ ނ.އަތޮޅަށް މިއަދު ކުރައްވަމުން ގެންދަވާ ކެންޕެއިން ދަތުރުގައި މާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުންނެވެ.

އިބޫވިދާޅުވީ ފެންނަ މަންޒަރުތަކުން، މި ސަރުކާރުން ކުރަމުންދާ ކަންތައްތަކުން، ވޯޓާ ކުޅޭނެކަމަށާއި ވޯޓު އޮޅުވާލަން މަސައްކަތް ކުރާނެކަމަށެވެ. އެހެން ނަމަވެސް ފައިސާއިން ވައްކަން ކުރާ ގޮތަށް ވޯޓުން ވައްކަން ކުރިޔަ ދީގެން މިފަހަރު ނުވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވެފައިވަނީ އިދިކޮޅު ވެރިކަމެއްގައި މި ސަރުކާރުން ކޮށްފައިވާ ވައްކަންތަށް ބަލައި ހިޔާނާތުގެ ގޮތުގައި ނަގާފައިވާ ފައިސާތަށް ހޯއްދަވާނެކަމަށެވެ.


މިއަދު އޮންލައިން