ރައީސް ޔާމީން ތިނަދޫއަށް ވަޑައިގަންނަވާތީ މަރުހަބާ ދެންނެވުމަށް ހޮސްޕިޓަލު މުވައްޒަފުން ނިކުތުމަށް އަންގައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ރައީސް ޔާމީން ތިނަދޫއަށް ވަޑައިގަންނަވާތީ މަރުހަބާ ދެންނެވުމަށް ހޮސްޕިޓަލު މުވައްޒަފުން ނިކުތުމަށް އަންގައިފި
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާދަމާ ގދ. ތިނަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފުން ނިކުތުމަށް އަންގައިފިއެވެ.

ހޮސްޕިޓަލުގެ ހުރިހާ ސެކްޝަންތަކެއްގައި މަސައްކަތްކުރާ މުވައްޒަފުން، ހޮސްޕިޓަލުގެ ހިދުމަތްތަކަށް ދަތިނުވާނެހެން ޖެޓީ ސަރަހައްދަށް ނިކުތުމަށް އެހޮސްޕިޓަލުގެ މެނޭޖަރު އިސްމާއިލް މުހައްމަދު ސޮއިކޮށް ފޮނުވި ލިޔުން މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.



މިއަދު އޮންލައިން