ކޯލިޝަނާ ގުޅުމަށް އެމްޑީއޭއަށް އިބޫ ދައުވަތުދެއްވަިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ކޯލިޝަނާ ގުޅުމަށް އެމްޑީއޭއަށް އިބޫ ދައުވަތުދެއްވަިފި
އިދިކޮޅު ކޯލިޝަނާ ގުޅުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ދައުވަތުދެއްވައިފިއެވެ.

ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މާޅެންދޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ''އެމްޑިއޭގެ އިސްވެރިންނަށް ވެސް އަޅުގަނޑު މިގޮވާލަނީ މިއަދު ތިބޭފުޅުން ވަކިކޮޅަކަށް ނާރުއްވާ ނުތިއްބަވާ. އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާށޭ. މިއީ ގައުމީ ކަމެކޭ އަޅުގަނޑުމެން މިކުރަނީ. ގުޅިވަޑައިގެން މިކަން ނިންމަމާ ހިނގާށޭ. މިއީ އަނެއްހެން ދަންނަވަންޏާ ނިމިފަ އޮތް ކަމެއް. އެހެންވީމަ މީގެ ބައިވެރިއެއްގެ ގޮތުގައި ބާކީނުވެ ގައުމީ ހިދުމަތެއްގެ ގޮތުގައި މިކަން އިސްކުރައްވައިގެން ވަޑައިގަންނަވާށޭ،" ކަމަށެވެ.

އެމްޑީއޭ ގެ ލީޑަރ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ވަނީ އެމްޑީއޭ ހިންގެވުމުން ފެއަށް ޖެހިވަޑައިގެން އެ މަސްއޫލިއްޔަތު އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފްއާ ހަވާލުކުރައްވައިފަ އެވެ.

މިއަދު އޮންލައިން