ހއ.ދިއްދޫ ބްރާންޗުގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފަކު އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއީދުކުރާކަން ހާމަކުރުމުން ހެން ރަށްރަށަށް ފޮނުވާލަންނިންމައިފިއެވެ.
ހއ.ދިއްދުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އިބޫ އަށް ތާއީދުކުރާކަން ހާމަކުރި ދިއްދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފުން ފޮނުވާލަން ނިންމާފައިވަނީ ދެކުނުގެ ރަށްރަށަށެވެ.
އިބޫއަށް ތާއީދު ކުރާކަން ހާމަ ކޮށްފައިވާ ހަތަރު މީހުންގެ ތެރޭގައި ހިމެނޭ މުހައްމަދު ރަޝީދު ބަދަލު ކުރަން ނިންމާފައިވަނީ ލ.މާމެންދޫ ބްރާންޗަށް، އަހުމަދު ފަޔާޒު ފޮނުވާލަން ނިންމާފައިވަނީ ތ.ވޭމަންޑުއަށް، އަލީ ރަޝީދު ބަދަލު ކުރަން ނިންމާފައިވަނީ ދ.ކުޑަހުވަދުއަށް އަދި އަހުމަދު ޒަކީ ފޮނުވާލަން ނިންމާފައިވަނީ ގއ.ކޮލަމާފުށީ ފެނަކަ ބްރާންޗަށެވެ.
ސަރުކާރު ކުންފިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ފަރާތްތަކަށް ވަޒީފާގެ ބިރު ދައްކަމުން ދާކަމަށް އިދިކޮޅު ޕާޓީތަކުން ދަނީ ބުނަމުންނެވެ.