ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނ.ވެލިދޫ އަށް ވަޑައިގަތުމުން ހޫނުމަރުހަބާއެއް ކިޔައިފިއެވެ.
އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އަދި ޢަދާލަތު ޕާޓީގެ ފަރާތުން ރިޔާސީ ރޭހަށް ނުކުމެވަޑައިގެން ހުންނެވި އިބޫ ވެދިދޫއަށް ވަޑައިގަތުމުން ރަށުގެ ވަރަށް ގިނަ ރައްޔިތުންވަނީ އިބޫއަށް މަރުހަބާ ދެންނެވުމަށް ނިކުމެފައެވެ.
އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއް މިރޭ ވެލިދޫގައި އޮންނާނެއެވެ.