އެންމެންނަށް ފަސޭހަކަމާއެކު ބޭސްފަރުވާ ކުރެވޭނެ ގޮތް ހަދާނަން: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
އެންމެންނަށް ފަސޭހަކަމާއެކު ބޭސްފަރުވާ ކުރެވޭނެ ގޮތް ހަދާނަން: އިބޫ
ހުރިހާ ކަމެއްގައި އިންޞާފު ގެއްލިފައިވާ ފަދައިން ބޭސްފަރުވާ ކުރުމުގައިވެސް މިވަނީ އިންޞާފު ގެއްލިފައި ކަމަށާއި އެ ހާލަތު ބަދަލުކޮށް ދިވެހި ހުރިހާ ރައްޔިިތުންނަށް ފަސޭހަކަމާއިއެކު ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ނ. ވެލިދޫގައި ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ މިރޭ ވިދާޅުވީ ކޯލިޝަނުގެ ސަރުކާރުގައި ރާއްޖޭގެ 4 ސަރަހައްދެއްގައި ފެންވަރު ރަނގަޅު 4 ހޮސްޕިޓަލް އަޅައި އެންމެ ޒަމާނީ ވަސީލަތްތަކާއިއެކު ޚިދުމަތް ދެވޭނެ ކަަމށެވެ. ތަފާތު ބަލިތަކަށް ފަރުވާކުރާނެ ސްޕެޝަލިސްޓުން އެ ހޮސްޕިޓަލުތަކުގައި ޚިދުމަތް ދޭނެ ކަމަށެވެ.

ހަމައެއާއިއެކު ހުރިހާ ޞިއްޙީ މަރުކަޒުތަކެއްގައިވެސް ލެބޯޓްރީ އާއި އެކްސްރޭގެ ޚިދުމަތް ދެވޭނެ ކަމަށާއި ކުއްލި ޙާލަތުގައި ފަސޭހަކަމާއިއެކު ޕެރެމެޑިކް ފަރުވާ ލިބޭނެ ނިޒާމު ޤާއިމުކުރައްވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން ޞިއްޙީ ޚިދުމަތްތެރިންނާއި ނަރުހުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށާއި މުޅި ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބޮޑު ކުރިއެރުމެއް ގެނެވޭނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އާސަންދަ ތަޢާރަފްކުރީ ޒަމާނުންސުރެ ރާއްޖޭގައި އޮތް ބޭސް ފަރުވާ ކުރުމަށް ސަލާންޖެހުމުގެ އުޞޫލު ނައްތައިލަން ނަމަވެސް މިއަދާއި ހަމައަށްވެސް އެކަން ކުރެވިފައި ނުވާ ކަމަށެވެ. އާސަންދައިގެ ޚިދުމަތް ލިބެނީ ވަކި ބައަކަށް ސަލާންޖަހައިގެން ކަމަށެވެ. ވަކި ކުލައެއްގައި ތިބޭ ބައަކަަށް ކަމަށެވެ.
މިއަދު އޮންލައިން