ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު ހެނދުނު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫއަށް ވަޑައިގެން އެރަށުގައި ސަރުކާރުން ހިންގެވި ހަތް މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ތިނަދޫގައި މިއަދު ނިމުން ފާހަގަ ކުރެއްވި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ އެރަށުގެ މަގު ހެދުމާއި އިސްލާމީ މަރުކަޒާއި އާބާދީ މައިޒާނާއި، ބިން ހިއްކުމާއި، ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތްކުރުމާއި، 120 ހައުސިންގ ޔުނިޓް އިމާރާތްކުރުމާ އަދި ބަރާސިލް ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢެވެ.