ކުރީގެ ދިވެހި ފިލްމީ ތަރި ހަދީޖާ މުހައްމަދު (ހައްޖަ) ނިޔާވެއްޖެއެވެ.
ހައްޖަ މަރުވީ ލިވާ ޓްރާންސްޕްލާންޓް ހެދުމަށް ފަހު އިންފެކްޝަން އުފެދިގެން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް، ރޭގެ ވަގުތެއްގަ އެވެ. ހައްޖަ އެޑްމިޓުކޮށްގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަތާ ތިން މަސް ދުވަސްވެފައިވެއެވެ.
40 އަހަރު ހަދީޖާ މުހައްމަދު (ހައްޖަ) ނިޔާވި އިރު ތިން ކުދިން ވެސް ތިބެ އެވެ. އެއީ ދެ ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖެކެވެ. އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި ގިނަ އެވޯޑްތަކެއް ހޯދި ހައްޖަ ވަނީ ގިނަ ވީޑިއޯ ލަވަތަކުން ވެސް ފެނިގެން ގޮސްފައެވެ