ބުރުނީން ކުޑަހުވަދޫއަށް ދަތުރުކުރެވޭ ގޮތް ހަދައިދޭނަން: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ބުރުނީން ކުޑަހުވަދޫއަށް ދަތުރުކުރެވޭ ގޮތް ހަދައިދޭނަން: ފައިޞަލް
ކޯލިޝަން ސަރުކާރުން ޤާއިމުކުރާ ދަތުރުފަތުރުކުރުމުގެ ނިޒާމުގެ ެތެރެއިން ބުރުނީގެ ރައްޔިތުން އެންމެ އެދޭފަދައިން ބުރުނީން ކުޑަހުވަދޫއަށް ދަތުރުކުރެވޭ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިޞަލް ވިދާޅުވީ ކޯލިޝަނުގެ ކެންޕޭނު މަސައްކަތްތައް ކުރިއަށް ގެންދަނީ ވަރަށް އޮމާންކޮށް ކަމަށެވެ. އަދި އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް ހިންގަން ކޯލިޝަނުން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި ހަމަނުޖެހުމެއް ހިންގަން އެއްވެސް ޖާގައެއްވެސް ނުދޭނެ ކަމަށެވެ.

ފައިޞަލް ބުރުނީގައިވެސް ވިދާޅުވީ މިހައިތަނަށް ޔަޤީން ކުރެއްވިފައިވާ މައުލޫމާތަށް ބައްލަވާއިރު އިންތިޚާބުގައި 75 އިންސައްތަ ރައްޔިތުން ވޯޓުދޭނީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ.
މިއަދު އޮންލައިން