އިބޫ ފޯކައިދޫ "ޖަލު" ހުޅުއްވައި 4 ލީޑަރުން "މިނިވަންކޮށް" ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އިބޫ ފޯކައިދޫ "ޖަލު" ހުޅުއްވައި 4 ލީޑަރުން "މިނިވަންކޮށް" ދެއްވައިފި
ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ)، ށ. ފޯކައިދޫ "ޖަލު" ހުޅުއްވައި ދެއްވައި ޖަލުގައި ބަންދުކޮށްފައި ތިބި އިދިކޮޅު ސިޔާސީ 4 ލީޑަރުން "މިނިވަންކޮށް" ދެއްވައިފިއެވެ.

މިހަރަކާތަކީ އިބޫ އެރަށަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ކުރިއަށް ގެންދިއަ ޙަރަކާތތަކުގެ ތެރެއިން އެރަށުގެ ރައްޔިތުން ކުރިއަށް ގެންދިއަ ހަރަކާތެކެވެ.

ރައްޔިތުން ހުރީ ޖަލުގޮޅިއެއް ހަދައިފައެވެ. އަދި އެގޮޅީގައި ވަނީ 4 ލީޑަރުން ތަމްސީލުކުރާނެ 4 މީހަކު ހައްޔަރުކޮށްފައެވެ. އިބޫ ވަނީ އެ ޖަލު ހުޅުއްވައި ދެއްވައި 4 ލީޑަރުން މިނިވަން ކުރައްވައިފައެވެ.

އެ ރަށުގެ ރައްޔިތުން ބުނެފައިވަނީ މިއީ އިބޫގެ ވެރިކަމުގެ ފުރަތަމަ ދުވަހު 4 ލީޑަރުން، މާތް ﷲ ވާގިފުޅާއިއެކު މިނިވަން ކުރައްވާނެކަން ތަމްސީލުކުރުމަށް އިންތިޒާމުކުރި ޙަރަކާތެއް ކަމަށެވެ.

ފޯކައިދޫން ވަނީ އިބޫއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ. މިރޭ އެރަށުގައި ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއަދު އޮންލައިން