ފަހަތަކަށް ނުޖެހޭނަން، ބިރު ދައްކާނެ ކަމެއް ނެތް- އިބޫ

ކިޔުމަށް ހޭދަވާނީ 55ސ
ފަހަތަކަށް ނުޖެހޭނަން، ބިރު ދައްކާނެ ކަމެއް ނެތް- އިބޫ
މަސައްކަތް ކުރިއަށްދާ ސްޕީޑުގައި ކުރިއަށް ގޮސް ކާމިޔާބު ހޯދާނެ ކަމަށާއި ބިރު ދެއްކި ނަމަވެސް ކުރަން ނިކުމެ ހުންނެވި މަސައްކަތުގައި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙު (އިބޫ) ވިދާޅުވެއްޖެއެވެ.

ށ. އަތޮޅަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި އެއަތޮޅު ފީވަކަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީޏް އަބްދުލް ޤައްޔޫމް ގެ ވެރިކަން ގިނަ ރައްޔިތުން މިއަދު ބޭނުން ނުވާ ކަމަށާއި އެހެންކަމުން އެމަސައްކަތުގައި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

މީގެއިތުރުން ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ، ބިރު ދެއްކި ނަމަވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. މިހެން އެމަނިކުފާނު ވިދާޅުވީ އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބްރާހިމް މުޙައްމަދު ސޯލިޙު ކެމްޕޭނު ދަތުރުފުޅެއްގައި ނ. އަތޮޅުގެ ރަށެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އެމައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނުމުންނެވެ.
މިއަދު އޮންލައިން