ރައީސް ނަޝީދާއި ކާނަލް ނާޒިމަށް ހުކުމް ކުރަންވީ އަހަރު "ފާލުބެލުމަށްފަހު" ކަނޑައެޅީ ހާމުދުރު: އަދީބު

ކިޔުމަށް ހޭދަވާނީ 38ސ
ރައީސް ނަޝީދާއި ކާނަލް ނާޒިމަށް ހުކުމް ކުރަންވީ އަހަރު "ފާލުބެލުމަށްފަހު" ކަނޑައެޅީ ހާމުދުރު: އަދީބު
ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމަށް ހުކުމް ކުރަންވީ އަހަރު "ފާލުބެލުމަށްފަހު" ކަނޑައެޅީ ހާމުދުރު ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ އަދީބު އޭނާގެ ވަކީލުން މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން ކުރީގެ ރައީސް ނަޝީދަށާއި ކާނަލް ނާޒިމަށް ހުކުމް އިއްވުމަށް ކުރިން ހާމުދުރާއި މަޝްވަރާ ކޮށްފައިވާ ކަމަށާއި ހުކުމް ކުރަންވީ އަހަރު ވެސް ސާފު ކޮށްފައިވާ ކަމަށެވެ.

"ކާނަލް ނާޒިމާއި ރައީސް ނަޝީދަށް ހުކުމް ކުރާނެ އަހަރުތަކުގެ އަދަދުވެސް ފާލުބަލާފައި ރައީސް ޔާމިނަށް އެންގީ ހާމުދުރެވެ. މިގޮތުން ހާމުދުރުގެ އިރުޝާދާއި އެއްގޮތަށް ޔާމީން ބޭނުން ކުރައްވަނީ އޮނަހިރި އަދަދު ތަކެކެވެ." އަހުމަދު އަދީބުގެ ބަޔާނުގައި ވެއެވެ.
މިއަދު އޮންލައިން