ކުރީގެ ޑިފެނެސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމް ފްރޭމް ކުރުމަށް ބޭނުންކުރި ފިސްތޯލައަކީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިފައިންގެ ޝޫޓިން ގެލެރީއެއްގައި ބޭނުން ކުރެއްވި ފިސްތޯލައެއް ކަމަށް އަދީބު ވިދާޅުވެއްޖެއެވެ.
އަދީބުގެ ވަކީލުން މެދުވެރިކުރައްވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ސިފައިންގެ ޝީޓިންގް ގެލެރީއެއް ހުޅުވައިދީ، އެރޭގެ ޝޫޓީންގައި ބައިވެރިވުމުގެ ފުރުސަތު އެއިރުގެ ޑިފެންސް މިނިސްޓަރ އަދީބަށް ދެއްވި ކަމަށެވެ.
"ސިފައިންގެ ކުދިން ކިޔައިދިން ގޮތުގައި އަޅުގަނޑު ކާނަލް ނާޒިމްގެ ދައުވަތައް ސިފައިންގެ ޝޫޓިންގް ގެލެރީއެއް ހުޅުވައިދީ އެޝޫޓިންގައި އަޅުގަނޑު ބައިވެރިކުރުމުން ޖެނެރަލް ޝިޔާމް އެދުވަހުގައި ވަރަށް ކޯފާވިކަމަށާއި އެދުވަހު އަޅުގަނޑު ޝޫޓިންގައި ބޭނުންކުރި ފިސްތޯލް ޕްލާސްޓިކް ޕެކެޓަކަށްލާފައި ފޮރުވީ" ކުރީގެ ނައިބު ރައީސްގެ ބަޔާނުގައި ވެއެވެ.