ރައީސް މައުމޫން މާލެ ގެނެސް ޓެސްޓުތަކެއް ހަދައިފި

ކިޔުމަށް ހޭދަވާނީ 32ސ
ރައީސް މައުމޫން މާލެ ގެނެސް ޓެސްޓުތަކެއް ހަދައިފި
ޓެސްޓުތަކެއް ހެދުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް މާލެ ގެނެސް، އަނބުރާ މާފުށީ ޖަލަށް ގެންގޮސްފިއެވެ.

މިކަން ކަށަވަރު ކޮށްދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ މީޑިއާ އޮފިޝަލް "މިއަދު ނޫހަށް" ވިދާޅުވީ، ޓެސްޓުތަކެއް ހެދުމަށް ރައީސް މައުމޫން މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި ނަމަވެސް މިހާރު އަނބުރާ ގެންދެވިފައިވާ ކަމަށެވެ.

ރައީސް މައުމޫން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެސް ޑޮކްޓަރަށް ދައްކާ ޓެސްޓެއް ހަދާފައިވާއިރު، ހެދީ ކޮން ކަހަލަ ޓެސްޓެއްކަމެއް އަދި އެނގިފައެއް ނުވެއެވެ.
މިއަދު އޮންލައިން