މަސްތުގެ ހާލަތުގައި ތިބި ދެ މީހަކު މާލޭ މަގުމަތިން ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އެމީހުން ހައްޔަރު ކޮށްފައިވަނީ މަސްތުގެ ހާލަތުގައި މަޖީދީ މަގުގައި ހިނގަމުން ދަނިކޮށެވެ. އަދި މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ދެ ފިރިހެނުން ކަމަށް ވެސް އެނގިފައިވެއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައި ނުވުމުން، އިތުރު ތަފްސީލެއް މިވަގުތު ލިބިފައެއް ނުވެއެވެ.