އައިޑީކާޑު ވިއްކާ ކަމުގެ ޝަކުވާތަކެއް ފެންމަތިވެއްޖެ

ކިޔުމަށް ހޭދަވާނީ 37ސ
އައިޑީކާޑު ވިއްކާ ކަމުގެ ޝަކުވާތަކެއް ފެންމަތިވެއްޖެ
މިއަހަރުގެ ރިޔާސީ އިންތިހާބު ނުހަނު ކައިރިވެފައި ވަނިކޮށް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ބަޔަކު ވިއްކާ ގަނެ ހަދާ ކަމުގެ ޝަކުވާތަކެއް ސޯޝަލް މީޑިއާގައި ފެތުރެމުން އެބަ ދެއެވެ.

އައިޑީގާޑު ގަންނަން ބޮޑު އަގުގައި ހުށަހެޅުންތައް ލިބެމުންދާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އައިޑީކާޑު ގަންނަން ބައެއް މީހުން ގުޅަމުންދާ ކަމަށް ވެސް އަޑުތައް ފެތުރެމުން އެބަދެއެވެ.

މިމައްސަލައަކީ މީގެ ކުރިން ވެސް އިންތިހާބުތަކާއި ދިމާކޮށް ކުރިމަތިވާ ޝަކުވާ ތަކެކެވެ.

މިކަމާއި ގުޅޭގޮތުން ކަމާއިބެހޭ މުއައްސަސާތަކުން ބުނެފައިވަނީ، މިމައްސަލަ ރަސްމީކޮށް އެއްވެސް ފަރާތަކަށް އަދި އެއްވެސް މީހަކު ހުށަހަޅާފައި ނުވާ ކަމަށެވެ.
މިއަދު އޮންލައިން