ރާއްޖޭގަ ދީނީ ދަރުސްދޭން ކޯޓުފަޓުލޫނު ލާންޖެހޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރާއްޖޭގަ ދީނީ ދަރުސްދޭން ކޯޓުފަޓުލޫނު ލާންޖެހޭތަ؟
ދީނީ ދަރުސް ދެއްވާއިރު ތުރުކުރައްވާނެ ވަކި ހެދުންކޮޅެއް ކަނޑައެޅިފައެއް ނެތެވެ. ކޮންމެ ހެދުމުންކޮޅެއްގައި ހުންނެވި ނަމަވެސް ހެޔޮ ނަޞޭޙަތް ދެއްވަވައިފިނަމަ ދަރުސްގެ މަޤްޞަދު ޙާޞިލުވާނެއެވެ.

މުސްލިމުންނަކީވެސް ފަޚުރުވެރި ޘަޤާފަތެއް އޮތް ބައެކެވެ. ހެދުން އެޅުމުގައިވެސް މެއެވެ. ހަމަ ގައިމުވެސް ކޯޓާއި ފަޓުލޫނަކީ މުސްލިމުންގެ ޘަޤާފަތާއި އެއްވެސް ގުޅުމެއް ހުރި ހެދުމެއް ނޫނެވެ.

ކޯޓާއި ފަޓުލޫނަކީ ނުވަތަ ކޯޓު ފަޓުލޫނު ލުމަކީ ދިވެހިންގެ ތެރެއަށް ވެސް ވަރަށް ފަހުން ތަޢާރަފްވެގެން އުޅޭ ކަމެކެވެ. ބޭރުގެ ފަރާތްތަކާއި ގުޅުން ބަދަހިކޮށް، ބޭރުގެ ބޭފުޅުންނާއި ދައުލަތުގެ ވެރިން ބައްދަލުކުރައްވަން ފެށްޓެވުމާއި ގުޅިގެން ތަޢާރަފްވެގެން އައި ކަމެކެވެ.

ކޯޓުފަޓުލޫނުގައި ދަރުސް ދެއްވުމަކީ ވެސް އެއްވެސް މައްސަލައެއް ނޫނެވެ. ހަމައެކަނި ސުވާލަކީ އިސްލާމީ ޘަޤާފަތާއި އެއްވެސް ގުޅުމެއް ނެތް ހެދުމެއް، އެހެދުމާއި ރާއްޖޭގެ ޘަޤާފަތާއި އެއްވެސް ގުޅުމެއް ނެތްއިރު ރާއްޖޭގައި ދަރުސްދޭން ލާން ޖެހޭ ސަބަބަކާއިމެދުގައެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު ދީނީ ޢިލްމުވެރިން ކޯޓުފަޓުލޫނު ތުރުކުރައްވައިގެން ދަރުސްތައް ދެއްވަވާ ތަނެއް ނުފެއެވެ. މިގޮތުން ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން، އައްޝައިޚް އަޙްމަދު ސަމީރު، އައްޝައިޚް ހުސައިން މޫސާ ފިކުރީ، އަދި އައްޝައިޚް އިބްރާހީމް ފަރީދް، އައްޝައިޚް އަޙްމަދު ނިމާލް މުޙައްމަދު އަދި އައްޝައިޚް ޢަލީ ޒައިދު ފަދަ ޢިލްމުވެރިން ކޯޓުފަޓުލޫނުގައި ދަރުސް ދެއްވާތަން ނުފެންނަކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން